"ގިނަ ފަހަރަށް ކޮރަޕްޝަންގެ އަމަލު ހިންގެނީ، ނޫނީ ހިންގަނީ އެކަން ކުރުމުގަ ބައިވެރިވުމުގެ ފުރުސަތު އޮންނަ ފަރާތްތަކަށް، އެންމެ ދަށު ލެވެލްގެ ވަޒީފާއިން ފެށިގެން މެދުފަންތިއާ ހަމައިގަ އާންމުކޮށް އެންމެ ގިނައިން އަދި އެންމެ މަތީގަވެސް އެބަ ހިނގާ،"
ދުވަހަކީ ޖުމްހޫރީ ދުވަހެވެ. ޖުމްހޫރީ ނިޒާމެއްގައި ރާއްޖޭގެ ވެރިކަން ހިންގާތާ 47 އަހަރެވެ. އަދި މަލްޓި ޕާޓީ ޑިމޮކްރެސީއަކާއި ބާރުތައް ވަކިވެފައިވާ ރިޔާސީ ނިޒާމަކުން، ވެރިކަން ހިންގާތާ 17 އަހަރެވެ. ޖުމްހޫރީ ނިޒާމެއްގައި ވެސް އެންމެ ބޮޑު ގޮންޖެހުމަކީ ކޮރަޕްޝަނެވެ.
ޖުމްހޫރީ ދުވަހުގެ މުނާސަބާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ކޮރަޕްޝަންގެ ވާހަކަ ދައްކަވަން ވާނެ އެވެ. ކޮރަޕްޝަން ހުއްޓުވުމަށް ބާރުއަޅުއްވާން ވާނެ އެވެ. އެކަމަކު ރާއްޖޭގައި ގިނައިން ކޮރަޕްޝަން ހިންގަނީ ދަށު އަދި މެދު ފަންތީގެ މުވައްޒަފުންނޭ ބުނެވޭނޭ ހެއްޔެވެ؟
ސޯޝަލް މީޑިއާގައި ރައީސްގެ އެ ވާހަކައަށް ފާޑުވިދާޅުވާ އެއް ބަޔަކު މިސާލެއްގެ ގޮތުގައި ދައްކަވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި ހިންގި އެމްއެމްޕީއާރުސީގެ ހިޔާނާތާއި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ހިނގި ފެނަކަ ހިޔާނާތެވެ.
ގައިމު ވެސް މި ކޮރަޕްޝަންތަކުގެ މުގުލުގައި ތިބީ އެންމެ އިސް މީހުނެވެ. ބައެއް މީހުން މިހާރު އެކަމަށް އިއުތިރާފުވެފައި ވެސް ވެ އެވެ.
"ކޮރަޕްޝަން ހިންގަނީ އޮފީހުގެ ފޮޅާ ސާފު ކުރަން އޮންނަ ދައްތަ," ފަރުހާން ނަމަކަށް ކިޔާ މީހަކު ލިޔެފައިވެ އެވެ.
ދެން ފާޑުކިޔާފައިވާ ބައެއް ފަރާތްތަކުން ފާހަގަކުރީ އިހަށް ދުވަހު ސަރުކާރުން ބިޑަކާ ނުލައި 2.7 ބިލިއަން ރުފިޔާއަށް ޕްރައިވެޓް ކުންފުނިތަކަށް ދިން 206 މަޝްރޫއުތަކެވެ.
"2.7 ބިލިއަން ލޫޓްވާލީ އިއްޔެއެވެ! ތިބާފަހެ އޮޅުވާލަން ތިޔައުޅެނީ ތިބާ ހެއްދެވި ފަރާތަށް ހެއްޔެވެ؟" ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު އެކްސްގައި ލިއުއްވާފައިވެ އެވެ.
އާދައިގެ މީހުނަށް ކޮރަޕްޝަން ހިންގާ ނަމަވެސް ފިޔަވަޅު އެޅުމުގެ ޒިންމާ މެނޭޖުމަންޓްތަކަށް އޮވެ އެވެ. އެ ކަން ނުވާ ނަމަ އެއީ ސަރުކާރުގެ ފެއިލާއެއް ނޫން ހެއްޔެވެ؟
"އާންމު މުވައްޒަފުން ތިކަން ކުރިއަސް، އަހަރެން ގަބޫލެއް ނުކުރަން ތިހެން ކަމަށް ވަނީއެއް، ފިޔަވަޅު ނޭޅެންޏާ އެއީ ސަރުކާރުގެ މެނޭޖުމަންޓްގެ ފެއިލާއެއް," ލޫދިފާ ނަމަކަށް ކިޔާ އެކައުންޓަކުން ކުރި ޕޯސްޓެއްގައިވެ އެވެ.
0%
0%
0%
0%
0%
2 ދުވަސް ކުރި
0
5 ދުވަސް ކުރި
0
6 ދުވަސް ކުރި
0
6 ދުވަސް ކުރި
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
2 އެޕްރީލު 2025

8 އެޕްރީލު 2025

24 މާރިޗު 2025
2