މީގެ 3 ދުވަހެއް ކުރިން ހދ. ކުޅުދުއްފުށީގައި އެ ރަށަށް ނިސްބަތްވާ ނޮވެމްބަރު 3 ގެ ބަތަލު ޝަހީދު ހުސެއިން އާދަމްގެ ހަނދާނުގައި ބިނާއެއް ވަނީ ހުޅުވާފަ އެވެ. ބިނާ ފަރުމާކޮށްފައިވަނީ ހުސެއިން އާދަމް ސިފައިންގެ ގޭޓުގައި ހުރެ ރައްދު ހަމަލާތައް ދިން އޭކޭ47 ގެ ބަޑި ރަމްޒުވާ ގޮތަށެވެ. އަދި ބިނާގެ ދެފަރާތުން ފެންނަ ފާރަކީ ހުސެއިން އާދަމް ހުރި ގޭޓުގެ ފާރުގެ ރަމްޒެކެވެ. ބިނާ ހުޅުވާފައިވަނީ ހުސައިން އާދަމް ކުޅުދުއްފުށިން އެންމެ ފަހުން ފުރާވަޑައިގެންނެވި، ކުރީގެ ބަނދަރު ސަރަހައްދުގަ އެވެ. ނޮވެމްބަރު 3 އާ ގުޅުންހުރި އެ ބިނާވެގެން ގޮސްފައިވަނީ ގިނަ ބަޔަކަށް ކަމުދިޔަ ބިނާއަކަށެވެ.
އެ ބިނާއަށް ހާއްސަ ފުރިހަމަ ކަމެއް ގެނެސްދިނީ ކުޅުދުއްފުށީގެ ޒުވާން ފޮޓޯގްރާފަރު މުހައްމަދު މިހާޒުގެ ލެންސުނުންނެވެ. މިހާޒު ފޭސްބުކްގައި ހިއްސާކުރި ފޮޓޯއިން ފެންނަ ގޮތުން އެ ބިނާގައިވާ ''އޭކޭ-47'' ހުރީ ސީދާ ހަނދާ ދިމާލަށެވެ. ވަރަށްވެސް ސީދާކޮށެވެ. ފޮޓޯއަށް އިތުރު ހިތްގައިމުކަން ގެނެސްދިނީ ބަޑީގެ ފަހަތުން ފެންނަ މިސްކިތުގެ މުންނާރުންނެވެ.
''ދަ ގަން، ދަ މޫން އެންޑް ދަ މޮސްކް'' ލިޔެފައި މިހާޒު ހިއްސާކުރި އެ ފޮޓޯގެ ޕޯސްޓަށް 800 އަށްވުރެ ގިނަ ރިއެކްޝަން ލިބިފައިވެ އެވެ. އަދި 500 އަށްވުރެ ގިނަ މީހުން އެ ފޮޓޯ ޝޭއާކޮށްފައިވެ އެވެ.
މިހާޒު އަކީ ރާއްޖޭގެ ފޮޓޯގްރަފީގައި އާ ނަމެއް ނޫނެވެ. މިހާޒު އަށް ފޮޓޯގްރަފީގެ ތެރެއަށް ވަނީ 2010 ވަނަ އަހަރު ގެންގުޅުނު ސޮނީ އެރިކްޝަން ނަގަން ފެށި ފޮޓޯތަކާއެކު އެވެ. އުތުރުގެ އަތޮޅުތަކުގައި އެންމެ ކާމިޔާބު އެއް ފޮޓޯގްރަފަރު މިހާޒު ދަނީ ވެޑިން ފޮޓޯތައްވެސް ނަގަމުންނެވެ.
ކުޅުދުއްފުށީގެ ގައުމީ ޔުނިވާސިޓީ ކެމްޕަހުގައި ސީނިއާ ކޮމްޕިއުޓާ ޓެކްނީޝަނަކަށް މަސައްކަތްކުރާ މިހާޒު އާއްމުކޮށް ފޮޓޯ ނަގައި އުޅެނީ ހަފުތާ ބަންދުތަކުގަ އެވެ.
ފޮޓޯ ނެގުމުގެ ދަތުރުގައި އޭނާ ވަނީ ހއ. ހދ، އަދި ށ. އަތޮޅުގެ 40 އަށްވުރެ ގިނަ ރަށަށް ދަތުރުކޮށްފަ އެވެ.
0%
0%
0%
0%
0%
2 ދުވަސް ކުރި
0
5 ދުވަސް ކުރި
0
6 ދުވަސް ކުރި
0
6 ދުވަސް ކުރި
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
2 އެޕްރީލު 2025

8 އެޕްރީލު 2025

24 މާރިޗު 2025
2