ފުލުހުންގެ މައި އިދާރާ/ ފޮޓޯ: ސަން އޮންލައިން
ރައީސް ޑރ. މުހައްމަދު މުއިއްޒަށް އިންޒާރު ދީ 'އެކްސް' ގައި ކުރި ޕޯސްޓަކާ ގުޅިގެން ކަމަށް ބުނެ، އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ ސިޔާސީ އެކްޓިވިސްޓް އައިޝަތު ޝިމަންގެ ފޯނު ފުލުހުން ވަނީ ހިފަހައްޓާފަ އެވެ. ކޯޓު އަމުރެއްގެ ދަށުން ޝިމަންގެ ފޯނު ފުލުހުން ހިފެހެއްޓީ މިދިޔަ ބުރާސްފަތި ދުވަހުގުރޭ އެވެ.
އެ ފަހުން، "ޝިމަން ގެ ފޯނު"ގެ ނަމުގައި އެކްސްގައި އެކައުންޓެއް ހަދައި އޭނާގެ ފޮޓޯއެއް ލީކުކޮށްލާފައިވާއިރު، އޭނާ ތުހުމަތުކުރާ ގޮތުގައި އެކަން ކުރީ ފުލުހުންނެވެ.
ފޯނު އަތުލުމަށް ފަހު ފުލުހުން ކޯޓު އަމުރު ހަވާލުކުރީ. މިއީ ސަރުކާރުގެ ފަރާތުން އެމްޑީޕީގެ މެންބަރުންނަށް ބިރު ދައްކަން ކުރާ ކަމެއް. ސަރުކާރުގެ ޒިންމާދާރު މަގާމުގައި ތިބެ ރައްޔިތުން މަރަން ގޮވި މީހުން ތިބީ ފިނި ކޮޓަރީގައި - @dh0nkeyo#LiyeveyneLiyaanan pic.twitter.com/b9JyVeqfhr
— MDP Youth Wing (@MDPYouth) October 9, 2025![]()
އެ މައްސަލާގައި އާއްމުންގެ ފާޑުކިޔުން ފުލުހުންނަށް ވަރަށް ބޮޑަށް ވަނީ އަމާޒުވެފަ އެވެ. އެކަމަކު ފުލުހުންގެ ބެލުމުގެ ދަށުގައިވާ އެއްވެސް މޮބައިލް ފޯނަކުން މައުލޫމާތެއް ލީކްވުމުގެ ފުރުސަތު ނޯންނާނެ ކަމަށް ބުނެ ރޭ ފުލުހުން ވަނީ ކުރެވޭ ތުހުމަތުތައް ދޮގުކޮށްފަ އެވެ.
ބަޔާނު ނެރުމުން އެ މައްސަލަ ހިންދާލެވިއްޖެ ކަމަށް ހީކުރު ނަމަވެސް ފުލުހުންނަށް އަމާޒުވާ ފާޑުކިޔުންވީ އިތުރެވެ.
ފުލުހުންގެ ބެލުމުގެ ދަށުގައި އޮތް ފޯނަކުން ފޮޓޯއެއް ލީކުވެފައިވާކަމަށް ކޮށްފައިވާ ތުހުމަތާ ގުޅޭ pic.twitter.com/wU9hnObaYR — Maldives Police (@PoliceMv) October 11, 2025
''ފުލުހުން ދައްކާ ވާހަކަ ބަޔަކު ގަބޫލެއް ނުކުރާނެ" ފުލުހުން އެކްސްގައި ކުރި ޕޯސްޓުގެ ރިޕްލައިގައި މީހަކު ލިޔުނެވެ.
އިތުރު މީހަކު އެ ޕޯސްޓަށް ކުރި ރިޕްލައިގައި ބުނީ ފުލުހުންނަކީ މިހާރު އިތުބާރު ގެއްލިފައިވާ ބައެއް ކަމަށެވެ. އަދި ފުލުހުންގެ އަމަލުތައް ހުރީ ރައްޔިތުންގެ ފަޅީގައި ނޫން ކަމަށެވެ.
ފުލުހުންގެ ބެލުމުގެ ދަށުގައި އޮތް ފޯނަކުން ފޮޓޯއެއް ލީކުވެފައިވާކަމަށް ކޮށްފައިވާ ތުހުމަތާ ގުޅޭ pic.twitter.com/wU9hnObaYR — Maldives Police (@PoliceMv) October 11, 2025
Your officers are in the #adheebfiles
& You still expect us to believe y'all? https://t.co/cPpSUKoyOG — thoughtpolice (@thoughtpolicemv) October 11, 2025
ބަޔާނަށް ފަހު އަންހެން ކުދިންގެ ދުވަހާ ގުޅުވައި ފުލުހުން ކުރި ޕޯސްޓަކަށް ފާޑުކިޔުންތައް ވަނީ އިތުރުވެފަ އެވެ. ފުލުހުންގެ ރަސްމީ އެކައުންޓުން ''އެކްސް'' ގައި ކުރި ޕޯސްޓެއްގައި ބުނީ ކޮންމެ އަންހެން ކުއްޖަކުވެސް ރައްކާތެރިކަމާއެކު، އިހުތިރާމް ލިބިގެން، ބޮޑުވާ ކުއްޖެއްކަން ކަށަވަރުކުރުމަކީ އެންމެންގެވެސް ޒިންމާއެއް ކަމަށެވެ.
އަންހެން ކުދިންގެ ހައްގުތައް ހިމާޔަތްކުރުމަށް މަސައްކަތްކުރަން ފުލުހުންގެ ޕޯސްޓުގައި ވަނީ ބާރު އަޅާފަ އެވެ.
"އަންހެނެއްގެ (ޝިމަން) ގެ ފޯނު ޖަހައިގެން ފޮޓޯ ލީކު ކުރުމަކީވެސް ޒިންމާއެއްތޯ" ފުލުހުންގެ ޕޯސްޓު ރީޕޯސްޓުކޮށް މީހަކު ކުރި ކޮމެންޓެއްގައި ބުންޏެވެ.
އިތުރު މީހަކު އެ ޕޯސްޓަށް ކުރި ރިޕްލައިއެއްގައި ބުނީ ފުލުހުންނަށް ކުރެވޭހާ ކަމަކީ ތާކުން ތާކުން ނުޖެހޭ ބަޔާންތައް ނެރެ އަންހެނުން ''ވިކްޓިމައިޒް'' ކުރުން ކަމަށެވެ.
''އަހަރުމެނެގް ދަރިން ފުލުހުންނާ ސަރުކާރާ ސިޔާސީ ވެރިންގެ ފަރާތުން ސަލާމަތްކުރަން އެބަޖެހޭ، ކިތަންމެ ބަޔާނެއް ނެރުނަސް ރައްޔިތުންނަށް ރައްކާތެރިކުރުމުގައި ފުލުހުން ފެއިލްވެއްޖެ'' އިތުރު މީހަކު ކުރި ޕޯސްޓެއްގައި ބުންޏެވެ.
Can not accept your half baked, hypocritical statements when you’ve done nothing but victimize and punish young women in the past few months. https://t.co/hAbhrF79Mr — Kanba Ishaq (@IshaqKanba) October 11, 2025
ޝިމަންގެ މައްސަލާގައި ފުލުހުންނަށް ފާޑުކިޔުން އަމާޒުވެފައިވާއިރު، މި ފަހަށް އައިސް ފުލުހުންގެ ތެރެއިން ބައެއް މައުލޫމާތުތައް ލީކުވާ މައްސަލަ ބޮޑެވެ. އެހެން މައްސަލައެއް ފެންމަތިވާ ކޮންމެ ފަހަރަކު ބަޔާނެއް ނެރެލާފައި އެކަން ފުލުހުން ހިންދާލަ އެވެ. ފުލުހުންނަށް އާއްމުންގެ އިތުބާރު ހޯދަން ގިނަ މަސައްކަތެއް ކުރިނަމަވެސް މިފަދަ ކަންކަނމުގެ ސަބަބުން އިތުބާރު ދަނީ ދުވަހެއް ދުވަހަށް ގެއްލެމުންނެވެ.
0%
0%
0%
0%
0%
1 ދުވަސް ކުރި
0
3 ދުވަސް ކުރި
0
4 ދުވަސް ކުރި
0
5 ދުވަސް ކުރި
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
2 އެޕްރީލު 2025

8 އެޕްރީލު 2025

24 މާރިޗު 2025
2