އަލްވަދާއު ރެޑް ކާޕެޓްގައި ޝަހުދާ - ފޮޓޯ: ޝަހުދާ އިންސްޓަގްރާމް
3 ޑިސެންބަރު 2025
މިހާރު ސިނާމާގައި އަޅުވަން ފަށާފައިވާ ޑާކް ރެއިން އެންޓަޓައިންމަންޓްގެ "އަލްވަދާއު'' ފިލްމު ކަމުގޮސް، ފިލްމުގެ ލިޔުންތެރިޔާ ޝަހުދާ މަހްމޫދަށް ގިނަ ބަޔަކު ތައުރީފްކުރަން ފަށައިފި އެވެ.
"އަލްވަދާއު" ގެ ލީޑް ތަރިންނަކީ ޝަހުދާގެ ފިރިމީހާ އަދި މަޝްހޫރު އެކްޓަރު ޝަރަފް އަބްދުﷲ އާއި މަރިޔަމް މަޖުދާ އެވެ. މި ޖޯޑަކީ މިދިޔަ އަހަރު ޝަހުދާ ލިޔެ ޑައިރެކްޓްކުރި ޑާކް ރެއިންގެ ހޮރޯ-ކޮމެޑީ "ބިބީ" ގެ ވެސް ލީޑް ތަރިންނެވެ.
"އަލްވަދާއު" ގެ ކާސްޓްގައި މުހައްމަދު ހާޒިފާއި ޝީލާ ނަޖީބާއި ނުޒުހަތު ޝުއައިބާއި އިސްމާއީލް ޖުމައިހާއި އައިޝަތު ލައިޝާ ލަތީފާއި ދަރާ މުހައްމަދު ރަޝީދު ވެސް ހިމެނެ އެވެ
އަހުމަދު ތޮލާލް ފޭސްބުކް ގައި ލިޔުނު ޕޯސްޓެއްގައި ''އަލްވަދާއު'' އަށް ވަރަށް ބޮޑަށް ތައުރީފްކޮށްފައިވެ އެވެ. އޭނާ ވަނީ މީގެ ކުރިން ޝަރަފު ކުޅެފައިވާ ފިލްމުތަކާ އަލްވަދާއު ގުޅުވާފަ އެވެ.
އެގޮތުން ފުރެއިތަގެ އިތުރުން އަލިފާން ގައި ޝަރަފު ކުޅެފައިވާ ރޯލްތަކަށް ތައުރީފް ކުރަމުން ތޮލާލް ބުނީ އަލްވަދާއުގައި ޝަރަފު ކުޅުން އިޝާންގެ ރޯލުވެސް ވަރަށް ބޮޑަށް ކަމުދާ ކަމަށެވެ.
''ތެދުތެދަށް ބުނަންޏާ ޔަގީންކަމާ އެކު ބުނަން ބޭނުންވަނީ މިއަދު ރާއްޖޭގެ އެންމެ ހުނަރުވެރި އެކްޓަރަކީ ޝަރަފު'' ތޮލާލް ބުނީ، އެކްޓަރަކު އެމީހެއްގެ ލޮލުން އެހާ އިހުސާސްތައް ދައްކުވައިދޭ ދިވެހި ފިލްމެއް ދުވަހަކުވެސް ނުދެކޭ ކަމަށެވެ.
ޔަމް ވަހީދު ފޭސްބުކްގައި ލިޔުނު ޕޯސްޓެއްގައި ބުނީ އޭނާ އަށް ރޮމެންޓިން ފިލްމުތައް އެހާ ކަމުނުދިޔަ ނަމަވެސް އަލްވަދާއު ވަރަށް ކަމުގޮސްފި ކަމަށެވެ.
ފިލްމުގެ ސްކްރީން ލިޔެފައިވާ ޝަހުދާ އަށް ތައުރީފްކޮށް ޔުމް ބުނީ އަލްވަދާއު އަކީ އަލްވަދާއު ފިލްމަކީ ރާއްޖޭގައި އުފެއްދި އެންމެ މޮޅު ރޮމެންޓިކް ފިލްމު ކަމަށެވެ.
އިތުރު މީހަކު ކުރި ޕޯސްޓެއްގައި ބުނީ އަލްވަދާއު ފިލްމުގެ އަސަރަދުގަދަ ކަމުން ފިލްމު އެއްކޮށް ބަލައި ނިންމާނުލެވުނު ކަމަށެވެ. އެހާވެސް އަސަރުގަދަ ފިލްމެއްކަން ފާހަގަކޮށް އޭނާ ވަނީ ޝަހުދާ އަށް ތައުރީފްކޮށްފަ އެވެ.
"އަލްވަދާއު" އަކީ ޑާކް ރެއިންގެ މި އަހަރުގެ ދެވަނަ ފިލްމެވެ.
0%
0%
0%
0%
0%
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
2 އެޕްރީލު 2025
0

8 އެޕްރީލު 2025

24 މާރިޗު 2025
2