އޭނާ އަށް އެންމެ ފުރަތަމަ ކުރިމަތިވީ ވަރަށް އިތުބާރު ކުރި މީހެއްގެ ފަރާތުން 118،000ރ ގެ މާލީ ބުރަޔެކެވެ. އެ ފައިސާއިން ހަލާސްކުރިތަނާހެން، ގެއިން 60،000ރ ގެ ތަކެތި ވަގަށް ނެގީ އެވެ. މި ހުރިހާކަމަކާއެކު ދިރިއުޅުން އެފުށް މިފުށަށް ޖެހުނެވެ. މީހާ "ސްޓެރެސް" އަށް ދިޔަ އެވެ. ދެން ދިމާވީ އަދި އެއަށްވުރެ މާ ބޮޑު ވޭނެކެވެ. މިއީ އުމުރުން 35 އަހަރުގެ އިބްރާހިމް އަރުޝަދު ފޭސްބުކްގައި ޕޯސްޓެއް މެދުވެރިކޮށް ސިފަކުރި ގޮތެވެ.
އަރުޝަދު ކުރި ޕޯސްޓުގައި ބުނީ، ސްޓެސްގެ ތެރެއިން އޭނާ އަށް ކުރިމަތިވީ ހަމުގެ ބައްޔެއް ކަމަށެވެ. އެއީ އަތްތިލަ އާއި ފައިތިލަ އަދި ނިޔަފަތިތަކަށް އަސަރު ކުރާ ހަމުގެ ބައްޔެކެވެ. އެ ބަލި ތަހައްމަލު ކުރަމުންދާތަ މިހާރު އަހެރެއްހާ ދުވަސްވެއްޖެ އެވެ.
''މި ބަލީގެ ސަބަބުން ރޭގަނޑުގެ ނިދި ހަމަޔަށް ނުލިބި ދިރިއުޅުމުގައި ކުރަންޖެހޭ އެންމެ އާދައިގެ ކަންކަންވެސް ނުކުރެވޭ'' އަރުޝަދު ބުންޏެވެ. ހަމުގެ ބައްޔަށް ފަރުވާ ހޯދަން ހަމުގެ ބަލީގެ އެތައް ޑޮކްޓަރަކަށް އޭނާ ދެއްކި އެވެ.
''ހަތަރު މަސް ވަންދެން އޯރަލް ސްޓީރޮއިޑްސް ބޭނުންކޮށްގެން ވަގުތީ ގޮތުން ފަރުވާއެއް ލިބުނު، އެކަމަކު ސްޓީރޮއިޑްސް ބޭނުންކުރުމުގެ ސަބަބުން މޭގަނޑަށް އޭގެ އަސަރުކުރާނެތީވެ ޑޮކްޓަރުން ލަފާދިނީ އެކަން މެދުކަނޑާލަން" ޑޮކްޓަރުން ދީފައިވާ ލިޔުންތައް ފޭސްބުކް ގައި ހިއްސާކުރަމުން އަރުޝަދު ބުންޏެވެ.
ބައްޔަށް ފަރުވާ ހޯދަމުން ދަނިކޮށް އެރީނާ ހޮޓެލްސް ގައި އޭނާ އަދާކުރަމުން ދިޔަ ވަޒީފާ ގެއްލުނީ އެވެ. އެއާއެކު އޭނާގެ 6 މަހުގެ ދަރިފުޅުގެ ކަންކަން ބެލެހެއްޓުމަށް ބުރޫއެރީ އެވެ.
''އަޅުގަނޑު މި ވާހަކަ ހިއްސާ މިކުރީ ބައްޔަށް ރާއްޖެއިން ބޭރުގައި ބޭސްފަރުވާ ހޯދަން، ބަލިން ރަނގަޅުވެ އަލުން ވަޒީފާ އަށް ގޮސް އާއިލާއަށް އެހީތެރިވާން ބޭނުންވާތީ'' އަރުޝަދު ބުނީ އޭނާގެ ބަލީގެ ހާލަތު މަޑުމަޑުން ރަނގަޅުވަމުން ދިޔަ ނަމަވެސް އަދިވެސް ވަޒީފާތަކަށް ކުރިމަތިލުމުގެ ހިތްވަރެއް ނެތް'' އަރުޝަދު އެދެނީ އޭނާގެ ހާލަތު ރަނގަޅަށް އޮޅުން ފިލުވަން ބޭނުންނަމަ ވަކިން ގުޅައިގެން ނުވަތަ މެސެޖްކޮށްލުމަށެވެ. އޭނާގެ ހާލަތުގެ ފޮޓޯތައް ސޯޝަލް މިޑީއާގައި ހިއްސާކުރުމަކީ އެންމެ ރަނގަޅު ގޮތެއް ކަމަށް ނުދެކޭތީވެ ކަމަށް އަރުޝަދު ބުންޏެވެ.
''އަހަރެން ވަރަށް ބޮޑަށް ބޭނުންވޭ ތިޔަ ބޭފުޅުންގެ އެހީތެރިކަން'' އަރުޝަދަށް އެހީވުމަށް ބޭނުންވާ ފަރާތްތަކުން އޭނާގެ ނަންބަރު 9936466 އަށް ވަަޓްސް އަޕް ކޮށްގެން ކުރިއަށް ގެންދެވޭނެއެވެ.
އެކައުންޓުގެ މައުލޫމާތު:
އިބްރާހިމް އަރުޝަދު (ރުފިޔާ އެކައުންޓް) - 99010310028676100
އިބްރާހިމް އަރުޝަދު (ޑޮލަރު އެކައުންޓް) - 90103100286762000
0%
0%
0%
0%
0%
16 ގަޑިއިރު ކުރި
0
6 ދުވަސް ކުރި
0
6 ދުވަސް ކުރި
0
20 ޖަނަވަރީ 2026
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
2 އެޕްރީލު 2025

8 އެޕްރީލު 2025

24 މާރިޗު 2025
2

18 ޖަނަވަރީ 2026
2