އެމްޑީޕީން އޮކްޓޫބަރު 3 ގައި ބޭއްވި މުޒާހަރާގެ ތެރެއިން/ ފޮޓޯ: އަދަދު
އިދިކޮޅު އެމްޑީޕީން މިދިޔަ ހުކުރު ދުވަހަގުރޭ މާލޭގައި ބޭއްވި ބޮޑު މުޒާހަރާގައި ބައިވެރިންނަށް އަނިޔާކުރި ކަމަށް ބުނާ ފުލުހެއްގެ ފޮޓޯ ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.
އޮފިސަރުގެ ފޮޓޯ ދައުރުވާން ފެށީ އެ ރޭގެ މުޒާހަރާގެ ބައިވެރިންނާ ދެކޮޅަށް ބާރުގަދަ އަޑު އިއްވާ "ސޮނިކް ވެޕަން" އެއް ކަމަށްވާ ލޯންގް ރޭންޖް އެކޯސްޓިކް ޑިވައިސް (އެލްއާރުއޭޑީ) ބޭނުންކުރުމުންނެވެ.
ފޮޓޯ ދައުރުވާ މައްސަލަ ކުށްވެރިކޮށް ފުލުހުން ރޭ ނެރުނު ބަޔާނެއްގައި ބުނީ ގާނޫނު ތަންފީޒުކުރާ އިދާރާގެ މުވައްޒަފެއް، އޭނާގެ ރަސްމީ ވާޖިބު އަދާކުރުމަށް ހުރަސް އެޅުމުގެ ގޮތުން އެ އޮފިސަރަކަށް ނިސްބަތްކޮށް، އާންމު ރައްޔިތުންގެ މެދުގައި ވަކިވަކި އޮފިސަރުންނާއި އެއޮފިސަރުންގެ އާއިލާ އަށް ނަފްރަތު އުފެދޭގޮތަށާއި އެއޮފިސަރެއްގެ އާންމު ދިރިއުޅުމަށް ނޭދެވޭ އަސަރު ކުރާގޮތަށް އަދި އޭނާއަށް ބިރު ހީވާގޮތަށް އެއްވެސް އަމަލެއް ސޯޝަލް މީޑިއާގެ ވަސީލަތެއް މެދުވެރިކޮށް ނަމަވެސް، ހިންގައިފިނަމަ، އެފަދަ ފަރާތަކާމެދު އަޅަންޖެހޭ ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށެވެ.
''ގާނޫނު ހިންގުމަށް ހުރަސް އެޅުމަށް ކުރާ އަމަލަކީ، މާއްދީގޮތުން ހުއްޓުވައިގެން އަދި އެނޫން ގޮތަކުން ހުރަސްތަކެއް ކުރިމަތިކުރުވައިގެން ކުރާ އަމަލަކުން ހުއްޓުވަން މަސައްކަތްކުރިނަމަވެސް، ގާނޫނީގޮތުން ފިޔަވަޅު އެޅޭނެކަންކަން ކަމުގައި ދަންނަވަމެވެ'' ފުލުހުންގެ ބަޔާނުގައި ބުންޏެވެ.
#MPSPressStatement: 171-A(C1)/PS/2025/20 – Vakivaki fuluhunnaai fuluhunge aailaage baehfaraaithakuge zaathee mauloomaathu Social Media gai aamukoh hingamundhaa amaluthakaa gulhey https://t.co/nF6e98rtJV#mpsnoosbayaan pic.twitter.com/KxnHisbg9F — Maldives Police (@PoliceMv) October 6, 2025
ފުލުހުން ނެރުނު ބަޔާނަށްވެސް ފާޑުކިޔުންތަކެއް އަމާޒުވެފައިވެ އެވެ.
އެކަމާއި ގުޅޭ ގޮތުން ކުރީގެ ބަންޑާރަ ނައިބު ޑރ. އަހްމަދު އަލީ ސަވާދު ވިދާޅުވީ ލާއިންސާނީ އަދަބު ދީ ޣައިރު ގާނޫނީ އަދަބު ދޭ ވަކިވަކި ފުލުހުންގެ ވާހަކަ ދެއްކުމަކީ ބިރުދެއްކުން ނޫން ކަމަށެވެ. އަދި އެ ވާހަކަތައް ދައްކަނީ ފުލުހުން ޒިންމާދާރު ކުރުވަން ކަމަށް ސަވާދު ވިދާޅުވި އެވެ.
ފުލުހަކަށް ވިޔަސް މީހުނަށް ލާއިންސާނީ އަނިޔާ އަދި ޣައިރު ޤާނޫނީ އަދަބެއް ދީފިއްޔާ އަނިޔާވި މީހާވެސް ބަލަންތިބޭ މީހުންވެސް އަޑުއަހާ މީހުންވެސް އެވާހަކަ ދައްކާނެ. އަދި އެކަން ކުރިބަޔަކު ޒިންމާދާރު ކުރުވަންވެސް ގޮވާނެ.
އެއީ ފުލުހުންނާ ފުލުހުންގެ ޢާއިލާއަށް ބިރުދެއްކުމެއް ނޫން. — ahmad ali sawad (@DrSawad) October 7, 2025
''ލާއިންސާނީ އަދަބު ދީ ޣައިރު ގާނޫނީ އަދަބު ދޭ ވަކިވަކި ފުލުހުންގެ ވާހަކަ ދެއްކުމަކީ ބިރުދެއްކުން ނޫން ކަމަށާއި އެ ވާހަކަތައް ދައްކަނީ ފުލުހުން ޒިންމާދާރު ކުރުވަން ކަމަށް'' ސަވާދު އެކްސްގައި ކުރި ޕޯސްޓެއްގަިއ ވިދާޅުވި އެވެ.
0%
0%
0%
0%
0%
5 ގަޑިއިރު ކުރި
0
18 ގަޑިއިރު ކުރި
0
1 ދުވަސް ކުރި
0
12 ޖޫން 2025
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
2 އެޕްރީލު 2025

8 އެޕްރީލު 2025

24 މާރިޗު 2025
2

17 މާރިޗު 2025
0