އައްޑޫ ސިޓީ މަތިން ނަގާފައިވާ ފޮޓޯއެއް/ ފޮޓޯ: ކުރިއަށް
އައްޑޫ ސިޓީ ކައުންސިލް އެއް ކައުންސިލެއްގެ ގޮތުގައި ބޭއްވުމުގެ ބަދަލުގައި ވަކިވަކި ރަށްރަށުގައި ކައުންސިލްތައް ގާއިމު ކުރުމާ ގުޅޭ ގޮތުން އާންމުންގެ ހިޔާލު ހޯދުމަށް ވޯޓެއް ނެގުމަށް ވަޒީރުންގެ މަޖިލީހުން އިއްޔެ ވަނީ ނިންމާފަ އެވެ.
ވަޒީރުންގެ މަޖިލީހުން ނިންމީ އައްޑޫ ފޭދޫ، އައްޑޫ ހުޅުދޫ އަދި އައްޑޫ މީދޫގެ ނަމުގައި ކައުންސިލްތައް އުފައްދަން ފެނޭތޯ ބެލުމަށް އައްޑޫ ސިޓީގެ ހުޅުދޫއާއި މީދޫއާއި ފޭދޫގެ ރައްޔިތުންގެ މެދުގައި އާންމު ވޯޓު ނެގުމަށް ނިންމަވައި، އައްޑޫ ހުޅުދުއާއި އައްޑޫ މީދޫ، އެއް ރަށު ކައުންސިލެއްގެ ދަށުން ހިންގުމަށްޓަކައި ދެ ރަށުގައި އެއް ކައުންސިލް (އައްޑޫ ހުޅުމީދޫ ކައުންސިލް) އުފައްދަން ފެނޭތޯ ބެލުމަށެވެ.
އެ ވޯޓު މި ހިނގާ އޮކްޓޫބަރު މަހުގެ 24 ނުވަތަ 25 ގައި ނަގަން ނިންމާފައިވާއިރު އެކަމުގައި ހިޔާލުތައް ތަފާތެވެ.
ވަޒީރުންގެ މަޖިލީހުން އެ ނިންމުން ނިންމުމުގެ މާކުރިންވެސް އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ އައްޑޫގެ މޭޔަރު އަލީ ނިޒާރު ވަނީ އެކަމާއި ދެކޮޅު ހަދާފަ އެވެ. މީގެ މަހެއް ކުރިން "އެކްސް" ގައި ކުރި ޕޯސްޓެއްގައި ނިޒާރު ވިދާޅުވީ 2011 ވަނަ އަހަރު ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ސިޓީއެއްގެ ދަރަޖަ ލިބުނު އައްޑޫ އިދާރީ ގޮތުން ބައިބައިކޮއްލައި ނިކަމެތި ކޮށްލުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.
ނިޒާރު ވިދާޅުވީ ގޮތުގައި އައްޑޫ ސިޓީ އެއްގެ ގޮތުގައި އެ ކައުންސިލެއްގެ ގޮތުގައި އޮތުމަކީ ސިޔާސީ ގޮތުންނާއި އިޖްތިމާއީ ގޮތުންނާއި އަދި އިގްތިސާދީ ގޮތުންވެސް އެތަކެއް މަންފާ ލިބޭ މުހިންމު ކަމެކެވެ.
"އައްޑު އަތޮޅު" އިދާރީ ގޮތުން ސިޓީއެއްގެ ގޮތުގައި 2011 ޖެނުއަރީމަހު 10 ވަނަ ދުވަހު ރައީސް މުހައްމަދު ނަޝީދުގެ ގަރާރަކުން ނިންމަވައި ގެޒެޓް ކުރެއްވި އެވެ. އެކަން އެހެން ކުރެެއްވީ އައްޑޫ ސިޓީގެ ރައްޔިތުންގެ ފާގަތިކަމަށް އަވަސް ކުރިއެރުން ހޯދަދެއްވުމަށެވެ. އެއީ އަޅުގަޑުމެންނަށް… — Ali Nizar (@DhekunuNizar) August 9, 2025
އަދި އައްޑޫ ރުޅާލުމަށް ދައްކާ ވާހަކަތަކަކީ އިލްމީ ބަރުދަނެއް ނެތް ޖާހިލު ވާހަކަތަކެކެވެ. އެއީ އައްޑޫ ނިކަމެތި ކޮއްލަން ދައްކާ މަކަރުވެރި ވާހަކަތަކެކެވެ. އައްޑޫގެ ފަހުރުވެރި ނަންފޮހެވިގެންދާނެ ހިތާމަވެރި ހާލަތެކެވެ
ނިޒާރު ވިދާޅުވީ އައްޑޫ ސިޓީ ކައުންސިލު އެއް ކައުންސިލެއްގެ ގޮތުގައި މަސައްކަތްކުރާ ގޮތަށް ކަންކަންވެއްޖެ ނަމަ އެކަން ވެގެންދާނީ ޣައްދާރުންތަކެއ ކުރިކަމެއްގެ ގޮތުގައި ކަމަށެވެ.
މި ސަރުކާރުގެ ސިޔާސަތަށް ފާޑުކިޔަމުން އަންނަ އައްޑޫ މީދު ދާއިރާގެ މެންބަރު ވިދާޅުވާ ގޮތުގައި ވަޒީރުންގެ މަޖިލީހުގެ ނިންމުން ރަނގަޅެވެ. އެކަމަށްޓަކައި އޭނާ ވަނީ ސަރުކާރަށް ޝުކުރު އަދާކޮށްފަ އެވެ.
ސަރުކާރުގެ މި ނިންމެވުމަށް ޝުކުރުވެރިވެ މަރުޙަބާ ދަންނަވަން، ހަމަޔަގީނުންވެސް މިއީ އައްޑޫމީދޫ ގިނަ ރައްޔިތުން އެދޭގޮތް، އަދި މިކަން މި ވޯޓުންވެސް ފެނިގެންދާނެކަން ޔަގީން . https://t.co/LMjnkeKgVW — Abdul Rahman (@MpAhdhu) October 5, 2025
ވަޒީރުންގެ މަޖިލީހުގެ ނިންމުމާ ގުޅޭ ގޮތުން "އެކްސް" ގައި ކުރި ޕޯސްޓެއްގައި އައްޑޫގެ ކަންކަމުގައި ވަކާލާތުކުރާ އަމީރާ ވަޒީރުންގެ މަޖިލީހުން ނިންމި ނިންމުމުގައި މަރަދޫ-ފޭދޫ ނެތުމުން ސުވާލު އުފައްދާފަ އެވެ.
What about Maradhoo Feydhoo? Why do some get to decide the fate of everyone? Does Hithadhoo get a say? Why are we doing this? https://t.co/aFgrQRVguK — Ameera Osmanagic (@AmyOsmanagic) October 6, 2025
0%
0%
0%
0%
0%
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
2 އެޕްރީލު 2025
0

8 އެޕްރީލު 2025

24 މާރިޗު 2025
2

17 މާރިޗު 2025
0