ރައީސް މުއިއްޒު ލ. ފޮނަދޫއަށް ވަޑައިގަތުމުން އަބްދުއްރަހީމް ވަޑައިގެން މަރުހަބާ ދަންނަވަނީ - ފޮޓޯ: ރައީސް އޮފީސް
ފޮނަދޫ އަބްދުއްރަހީމަކީ ކުޅަދާނަ ވާހަކަ ދެއްކުންތެރި އެކެވެ. މޮޅު ޝާޢިރެކެވެ. ބަލާޣާތްތެރި އަދަބިއްޔާތަށް މޮޅު ޅެންވެރި އެކެވެ. ސިޔާސީ ޕޯޑިއަމަކަށް އަރުއްވާ ކޮންމެ ފަހަރަކު ހިކުމަތްތެރި ބުނުންތަކެއް ފޯރުކޮށްދޭނެ އެވެ. އިބުރަތްތެރި ފިލާވަޅުތަކެއް ވެސް ރައްދުކޮށްދޭނެ އެވެ.
މިރޭ އޭނާގެ އުފަން ރަށަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަޑައިގަތުމުން ބޭއްވި ޖަލްސާގާއި ވާހަކަ ދައްކަވަމުން ވެސް ފިލާވަޅެއް ފޯރުކޮށްދެއްވި އެވެ.
"އެއީ ޑިމޮކްރެސީ އަކީ," އަބްދުއްރަހީމްގެ ފިލާވަޅު ނަންގަވައިދީ ނިންމަވާފައި ވިދާޅުވި އެވެ.
އަބްދުއްރަހީމްގެ ވާހަކައިން އެނގުނު ގޮތުގައި އޭނާ ގަބޫލުކުރައްވާ ގޮތުގައި ޑިމޮކްރަސީގައި އޮންނާނެ އެއް ބަޔެއްގެ މޮޅެވެ. އެއީ ރައްޔިތުން އަގުލަބިއްޔަތު ދޭ ކޮޅެވެ. އެ ކޮޅުން ނިންމީމައި ރައްޔިތުން ރުހޭ ކަމަށް ބަލަން ޖެހޭނެ އެވެ.
މި ވަގުތު މަޖިލީހުގެ އަގުލަބިއްޔަތު އޮތީ ވެރިކަންކުރާ ޕީއެންސީއަށެވެ. އަބްދުއްރަހީމަކީ ޕީއެންސީގެ ޗެއާޕާސަންގެ. އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އެވެ. ޕީއެންސީއަށް ދިން މެޖޯރިޓީ އެއީ އަބްދުއްރަހީމް ގަބޫލުކުރައްވާ ގޮތުގައި، ރައީސް މުއިއްޒަށް ދިން މެޖޯރިޓީ އެކެވެ.
އެ މެޖޯރިޓީ ރައީސްއަށް ލިބުނީ ރައީސް ރަނގަޅު ކަމަށް ރައްޔިތުން ދެކޭތީ އެވެ. ރައީސް ފޮނުއްވާ ބިލު ވެސް ރަނގަޅު ވާނެ ކަމަށް ދެން ބަލަން ޖެހޭނެ އެވެ. ރައީސް ބިލެއް ފޮނުވަނީ ގައުމާއި ރައްޔިތުންގެ ލާބައަށް ކަމުގެ ފުރިހަމަ ޔަގީންކަން މެޖޯރިޓީއަށް އޮތީމަ އެވެ.
"މަނިކުފާނު ފޮނުއްވާ ކޮންމެ ބިލަކީ ގައުމާއި ރައްޔިތުންނަށް އޭގެ ލާބައާއި މަންފާ އޮތް ބިލެއްކަން އަޅުގަނޑުމެންނަށް ޔަގީން. އެހެންވީމާ އެ ބިލެއް ފާސްކުރުމުގައި މަޑުޖެހުމެއް ނޯންނާނެ,"
އަބްދުއްރަހީމް ދެން ވިދާޅުވީ މެޖޯރިޓީން ފާސްކުރީމައި މައިނޯރިޓީން ޖެހޭނީ އެ ކަމަށް ތަބާވާން ކަމަށެވެ. ޑިމޮކްރެސީގައި އެ ކަން ހިނގާ ގޮތަކީ އެއީ އެވެ.
ރައްޔިތުންގެ އަގުލަބިއްޔަތު އޮތީ ރައީސް މުއިއްޒުއާ އެކީގައި. އެހެންވީމާ ރައްޔިތުންގެ އަގުލަބިއްޔަތުން ނިންމާ ނިންމުމަކަަށް މައިނޯރިޓީން ޖެހޭނީ ތަބާވާން
އެހެންވީމައި މި ވަގުތު ސަރުކާރުން ފޮނުވާ ބިލަކަށް "ފައިވް ޖީ" ސްޕީޑަށް ވުރެ ހަލުވިކޮށް މަޖިލީހުން ފާސްކުރަންވީ އެވެ. އިޖުރާއަތްތައް ފުރިހަމަކޮށްލުމުގައި ވަގުތު ދީގެން، ބަލައިގެން، ހިޔާލުތައް ފުޅާދާއިރާއެއްގައި ލިބޭކަން ޔަގީންކޮށްގެން - މިއީ ބޭކާރު ކަންކަމެވެ.
އެކަމަކު ވެސް ޑިމޮކްރަސީއަކީ އަގުލަބިއްޔަތު ދެވޭ ވެރިމީހާއަށް ފަސް އަހަރު މިހެން ކަނު އިތުބާރެއް ކުރާ ގޮތަށް އޮންނަ ކަމެއް ހެއްޔެވެ؟ ގައިމު ބާރުތައް އެއް ވެރިއެއްގެ މުށުތެރެއިން ނަގައި ބާރުތައް ވަކިކޮށްފައިވާ ނިޒާމަކަށް ދަނީ ވެރިއަކަށް ކަނު އިތުބާރު ނުކުރެވޭތީ ނޫން ހެއްޔެވެ؟
0%
0%
0%
0%
0%
1 ދުވަސް ކުރި
0
1 ދުވަސް ކުރި
0
4 ދުވަސް ކުރި
0
5 ދުވަސް ކުރި
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
2 އެޕްރީލު 2025

8 އެޕްރީލު 2025

24 މާރިޗު 2025
2