ގދ. މަޑަވެލިން ފެށިގެން ގދ. ފިޔޯރީއާ ހަމައަށް 48 ކިލޯމީޓަރު ދިގު ރާސްތާއެއް ހުރަސްކޮށް ދިވެހި 7 ޒުވާނަކު އާދަޔާ ހިލާފު ދަތުރެއް ފުރިހަމަކޮށްފި އެވެ. އެ ދަތުރު ފުރިހަމަ ކުރުމުގައި އިސްކޮށް އުޅުނު މަޝްހޫރު ދުވުންތެރިޔާ އާތިފް ވަނީ އެ ތަޖުރިބާގެ ވާހަކަ ފޭސްބުކްގައި ޕޯސްޓެއް މެދުވެރިކޮށް ހިއްސާކޮށްފަ އެވެ.
އޭނާ ބުނީ 7 ދުވަހުގެ ދަތުރުގައި މަޑަވެލިން ފިޔޯރީއަށް ދެވުނީ 88 ރަށް ހުރަސްކޮށް ކަމަށެވެ. ދަތުރުގެ ތަފްސީލު ހިއްސާކުރަމުން އާތޮފް ބުނީ ދަތުރު ފެށީ ދަތުރަށް ބޭނުންވާ 15-25 ކިލޯގެ ސާމާނު ހިފައިގެން ކަމަށެވެ.
އާތިފް ކިޔައިދިން ގޮތުގައި ދަތުރުގެ ފުރަތަމަ ދުވަސް ވެސް ވެގެންދިޔައީ ބޮޑު އިންތިހާނަކަށެވެ. އެއީ ބޮޑު ދިޔަ އާއި ބޮޑެތި ރާޅުތަކުގެ ތެރޭގައި ފައި ހަމައަށް ޖައްސައިގެން ތިބުން އެއީ ކުޅަދާނަނުވާވަރުގެ ކަމަކަށްވުމުންނެވެ. ދެވަނަ ދުވަހު ވެސް އުނދަގޫތަކާއި ކުރިމަތިލާން ޖެހުނު ކަމަށްވިޔަ ތިންވަނަ ދުވަހުގެ ފަހުން ރަނގަޅަށް ހެކަމަށް ހޭނި ދަތުރު ފަސޭހަވެގެން ދިޔަ ކަމަށެވެ.
އާތިފް ވަނީ އެ ދަތުރުގެ ރޫޓިންވެސް ހިއްސާކޮށްފަ އެވެ. އެގޮތުން ކޮންމެ ދުވަހަކުވެސް ހޭލާ ގޮތަށް ދުވާލުގެ ފުރަތަމަވެސް ވަކި ހިސާބަކަށް ހިނގަނީ އެވެ. އެއަށް ފަހު ވަކި ހިސާބަކަށް ހުއްޓާފައި އެއްޗެއް ކާލައިގެން އަނެއްކާ ވެސް ހިނގަން ފަށަ އެވެ. އެ މީހުން ކޭމްޕް ޖަހާ ސަރަހައްދަށް ދިޔުމަށް ފަހު ކައްކަނީ އެވެ. އެއަށް ފަހު ކާލައިގެން ނިދަނީ އެވެ.
އާތިފް އާއި އޭނާގެ ގްރޫޕުގެ ދަތުރަށް ދިވެހިންގެ އިތުރުން ބޭރު މީހުންގެ ސަމާލުކަން ވަނީ ލިބިފަ އެެވެ. އެ މީހުން އެ ދަތުރުތައް ގިނަ ބަޔަކު ވަނީ ތައުރީފްކޮށްފަ އެވެ. އަދި އެ މީހުންގެ ހިތްވަރަށް ސާބަސް ދީފަ އެވެ.
0%
0%
0%
0%
0%
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
2 އެޕްރީލު 2025
0

8 އެޕްރީލު 2025

24 މާރިޗު 2025
2