ނިމިގެން މިދިޔަ 2025 ވަނަ އަހަރު ވެސް ރާއްޖޭގެ މަސްރަހުގައި ސިޔާސީ އަދި އިޖުތިމާއީ ދާއިރާއިން ބޮޑެތި އުސްއަލިތަކެއް ފާހަގަކުރެވޭ އަހަރެކެވެ.
މި ބަލާލަނީ ފާއިތުވެދިޔަ އަހަރުގެ ތެރޭގައި ހިނގާފައިވާ މުހިއްމު ކަންކަމެވެ.
1. ޒާރާއާއި ސިޔާމް ވަރިވުން
2024 އަހަރުގެ އޮކްޓޯބަރުގެ މަހުގެ 10 ވަނަ ދުވަހު ކައިވެނި ބައްލަވައިގެންނެވީ ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަދި ސަން ސިޔާމް ރިސޯޓްސްގެ ވެރިޔާ އަހުމަދު ސިޔާމް މުހައްމަދު އާއި ބ. ކަމަދޫ ނެށުންތެރިޔާ އާމިނަތު ޒާރާގެ ކައިވެނި ނިމުމަކަށް އައީ މި އަހަރު އެވެ.
2. އިޒްރޭލު ޕާސްޕޯޓް މަނާކުރުން
އިޒުރޭލް ޕާސްޕޯޓްގައި ރާއްޖެ އެތެރެވުން މަނާކުރީ 15 އޭޕްރީލްގައި އިމިގްރޭޝަން ގާނޫނަށް ގެނައި އިސްލާހުންނެވެ. އިޒްރޭލު ޕާސްޕޯޓު މަނާކުރީ އިޒްރޭލުން ފަލަސްތީނު ގައި ހިންގަމުންދާ ލާއިންސާނީ އަމަލުތަކާއި ދެކޮޅަށް ރާއްޖެއިން ތެދުވުމެވެ.
3. ފަތުރުވެރި ވަޒީރުކަމުން ފައިސަލް ވަކިކުރުން
ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް މަގާމުން ވަކިކުރީ މިދިޔަ އަހަރުގެ ކުރީކޮޅު، 28 ޖެނުއަރީގަ އެވެ. އެ ފަހުން ޓޫރިޒަމް މިނިސްޓްރީ އާއި އެންވަޔަރަމެންޓު މިނިސްޓްރީ އެއްކޮށްލާފައިވާއިރު، މިނިސްޓަރު ތޯރިގު އިބްރާހިމް އައްޔަންކޮށްފައިވަނީ 1 ފެބްރުއަރީގަ އެވެ.
4. އިމިގްރޭޝަންގެ ކޮންޓްރޯލަރު ކަމުން ޝަމްއާން ވަކިކޮށް، ހައްޔަރުކުރުން
އިމިގްރޭޝަން ކޮންޓްރޯލަރާ ޖެނެރަލްގެ މަގާމުން ޝަމްއާން ވަހީދު ވަކިކުރީ މި އަހަރުގެ މާޗު މަހު އެވެ. ކޮރަޕްޝަން ތުހުމަތުގައި ޝައްމާނު ހައްޔަރުވެސް ކުރި އެވެ. އޭނާ މިހާރު ވަނީ ދޫކޮށްލާފަ އެވެ.
5. 2007 ގެ ޖީލުން ފެށިގެން ދުންފަތް މަނާކުރުން
ޖެނުއަރީ 2007 އިން ފެށިގެން އުފަންވި އަދި އުފަންވާ ކުދިންނަށް ދުންފަތް މަނާވާ ޖެނެރޭޝަނަލް ބޭން އަށް މި އަހަރުގެ 1 ނޮވެމްބަރުގައި އަމަލުކުރަން ފަށާފައިވާއިރު، ރާއްޖެއަކީ ޖެނެރޭޝަނަލް ބޭން ތަންފީޒު ކުރާ ފުރަތަމަ ގައުމެވެ.
6. މީޑިއާތައް ކޮންޓްރޯލްކުރަން ބިލެއް ފާސްކުރުން
ސަރުކާރުގެ ނުފޫޒު ފޯރުވޭގޮތަށް މީޑިއާތައް ކޮންޓްރޯލްކުރެވޭ ގޮތަށް ގާނޫނެއް އެކުލަވާލައި، ނޫސްވެރިން ކުރަމުންދިޔަ މުޒާހަރާތަކަށް ބީރު ކަންފަތެއްދީ 18 ސެޓެމްބަރުގައި ރައީސް ވަނީ ބިލު ތަސްދީގުކޮށްފައި އެވެ.
7. އަތޮޅު ކައުންސިލްތައް އުވާލުން
އަތޮޅު ކައުންސިލުތައް އުވާލައި އާބާދީ ކުޑަ ރަށްރަށަށް މަދުން ކައުންސިލަރުން ހޮވަން ގާނޫނުއަސާސީ އާއި ގާނޫނުތަކަށް ގެނައި ބަދަލު ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގުކުރެއްވީ ޑިސެމްބަރު 1 ގަ އެވެ.
8. 13 މިލިއަން ޑޮލަރުގެ ސިނގިރޭޓުގެ ބޮޑު ވައްކަން
ރާއްޖެއަށް ވަގަށް އެތެރެކުރަނިކޮށް ކަސްޓަމްސްއިން އަތުލައިގަތް ދެ ކޮންޓެއިނަރުގެ ސިނގިރޭޓު ހުޅުމާލެ އެމްޕީއެލް ބަނދަރުގައި ހުއްޓާ ވަގަށް ނެގި މައްސަލައެއް 9 އޮކްޓޯބަރުގައި ފެންމަތިވެ އެ މައްސަލާގައި 10 މީހެއްގެ މައްޗަށް ދައުވާ އުފުލައި ކްރިމިނަލް ކޯޓަށް މައްސަލަ ވަނީ ހުށަހަޅައިފަ އެވެ. މި ވައްކަމުގައި ހިމެނޭ އިސްމީހުންނަކީ މަޝްހޫރު ދެ ވިޔަފާރިވެރިން ކަމުގައިވާ މުހައްމަދު ވަހީދު (ދިގަލި) އާއި އަހުމަދު އާރިފް (އާއްޓޭ) އެވެ.
9. ކުރީގެ ރައީސް ނަޝީދު އަލުން އެމްޑީޕީއާ ގުޅުން
ކުރީގެ ރައީސް މުހައްމަދު ނަޝީދު އަލުން އެ ޕާޓީއާ ގުޅިވަޑައިގެންނެވީ ޖޫން މަހުގެ 23 ވަނަ ދުވަހު އެވެ. ނަޝީދު އެމްޑީޕީން ވަކިވެވަޑައިގެންނެވީ 21 ޖުލައި 2023 ގަ އެވެ.
10. ޔުމްނު ރަޝީދު ބެލްކަނިން ވެއްޓުނު މައްސަލަ
މާލޭ ގެއެއްގެ ފުރާޅުމައްޗަށް ހައްވާ ޔުމްނު ރަޝީދު ވެއްޓިފައި އޮއްވާ ފެނުނީ 18 އޭޕްރީލްގަ އެވެ. ޔުމްނު ވެއްޓުނު މައްސަލާގައި ހައްޔަރުކުރީ އެ ހާދިސާ ހިނގި އިރު އޭނާއާއެކު އެންމެ ފަހުން ހުރި ރައުދު ޒިލާލު މައްޗަށް ކުރި ޖަލު ހުކުމުގެ މުއްދަތަށް ވުރެ ގިނަ ދުވަސް ބަންދުގައި ހޭދަވެފައިވާތީ އޭނާ ވަނީ މިނިވަންވެފަ އެވެ.
11. ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރެއް ބޭރުވުން
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރު މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކުރީ މޭ މަހުގެ 14 ވަނަ ދުވަހު އެވެ. އެ ދެ ފަނޑިޔާރުން ވަކިކުރީ ޖޭއެސްސީން މަޖިލީހަށް ފޮނުވި ރިޕޯޓަކަށް ބިނާކޮށެވެ.
އޭގެ ކުރިން ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުން ހުސްނުއްސުއޫދު އިސްތިއުފާ ދެއްވި އެވެ.
12. ޑްރަގުގެ ބޮޑު އޮޕަރޭޝަނެއް ހިންގުން
ގިނަ އަދަދެއްގެ ފުލުހުން ނެރެގެން މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ވަނީ ނޮވެމްބަރު މަހުގެ 13 ވަނަ ދުވަހު ބޮޑު އޮޕަރޭޝަނެއް ހިންގާފަ އެވެ. ޖުމްލަ 500 އަށްވުރެ ގިނަ ފުލުހުން ބައިވެރިވާ އޮޕަރޭޝަންގައި ރާއްޖޭގެ އެކި ސަރަހައްދުތަކުން 100 އަށްވުރެ ގިނަ ތަންތަން ބަލައިފާސްކޮށް ގިނަ ބަޔަކު ހައްޔަރުކުރި އެވެ.
13. އައްޑޫ ސިޓީން ހުޅުދޫ އާއި މީދޫ ވަކިވުން
އައްޑު ސިޓީގެ ތިން ރަށެއްގައި ވަކި ރަށު ކައުންސިލްތަކެއް ހެދުމާ ގުޅޭ ގޮތުން 25 އޮކްޓޯބަރު ގައި ފެންނަ ނުފެންނަ ވޯޓެއް ނެގި އެވެ. އެ ވޯޓުގެ ނަތީޖާއިން ދެއްކީ އެ އަތޮޅުގައި ވަކިން އޮންނަ ހުޅުދޫ އާއި މީދޫ މީހުން ސިޓީ ކައުންސިލުން ވަކިވާންށެވެ.
14. ވީއައިއޭގެ އާ ޓާމިނަލް ހުޅުވައި ހިދުމަތް ދޭން ފެށުން
ވީއައިއޭގެ އާ ޓާމިނަލް ހުޅުވީ 60 ވަނަ މިނިވަން ދުވަހާ ދިމާކޮށް 26 ޖުލައިގަ އެވެ. އާ ޓާމިނަލް ގައި ޒަމާނީ ގިނަ ވަސީލަތްތަކެއް ވަނީ ގާއިމްކޮށްފައިބެވެ އެވެ. ރާއްޖެ ދަތުރު ކުރާ މައި އެއާލައިންތަކުގެ އޮޕަރޭޝަންތައް އާ ޓާމިނަލަށް މިހާރު ވަނީ ބަދަލުކޮށްފަ އެވެ.
15. ޖެމްކިޔު ސްކޭމް
ޖެމްކިއުގެ ނަމުގައި ހިންގި ހިޔާނާތުގައި ގިނަ ދިވެހިންތަކެއް ޖެހުނުއިރު އެ ސްކޭމްއަށް އެތައް މިލިއަން ޑޮލަރެއް އިންވެސްޓުކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
16. އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމު 9 އަހަރަށް ޖަލަށްލާން ހުކުމް ކުރުން
އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލުގެ މައްޗަށް ހިޔާނާތުގެ ދައުވާ ސާބިތުވެ، ހަތަރު އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން8 އޮކްޓޯބަރުގައި ހުކުމް ކުރި އެވެ. އޭގެ ފަހުން މަނީ ލޯންޑްރިންގެ ދައުވާ ވެސް ސާބިތުވެ އިތުރު 5 އަހަރު ދުވަހަށް ޖަލަށް ލާން 30 އޮކްޓޯބަރު ގައި ހުކުމް ކުރި އެވެ.
17. ބީީއެމްއެލްގެ އޭޓީއެމްތައް ރާއްޖޭގެ ހުރިހާ ރަށެއްގައި ގާއިމުކުރުން
ބީއެމްއެލް އިން ރާއްޖޭގެ މީހުން ދިިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ބަހައްޓަން ކުރިއަށް ގެންދިޔަ މަޝްރޫއު މި އަހަރު ނިންމާލިއިރު އެ ބޭންކުން ވަނީ ރާއްޖޭގެ 20 އަތޮޅުގެ 105 ރަށެއްގައި އޭޓީއެމް ގާއިމުކޮށްފަ އެވެ.
18. ލަންކާއަށް ދިވެހިންގެ ފަރާތުން ބޮޑު އެހީއެއް ދިނުން
ލަންކާ އަށް ކުރިމަތިވި ވިއްސާރާގައި އެ ގައުމަށް ލިބުނު ގެއްލުންތަކުން އަރައިގަތުމަށް ދިވެހިންގެ ދީލަތިކަމާ އެކު ބޮޑު އެހީއެއް ލަންކާ އަށް ދިނެވެ. އެގޮތުން ދިވެހިންގެ ފަރާތުން ގާތްގަނޑަކަށް މިލިއަނެއްހާ ޑޮލަރު ލަންކާއަށް ދިނެވެ.
19. ރާއްޖޭގައި ގޭންގެއް ނެތް ކަމަށް ރައީސް ވިދާޅުވުން
ޝަރީއަތަށް ގޮސްގެން މިހާތަނަށް ގޭންގެއް ކަނޑައަޅަންޖެހިފައިނުވާ ކަމަށާއި، ގޭންގެއް މިހާރު ހަރަކާތްތެރިނުވާ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވީ 17 ނޮވެމްބަރުގަ އެވެ.
20. މަންޑޭ 397 އަހަރަށް ޖަލަށްލުން
ކޭ ޕާކް ފްލެޓްތައް ވިއްކުމުގެ ނަމުގައި ގިނަ ބައެއްގެ އަތުން ފައިސާ ނެގި މައްސަލާގައި ހަސަން މަމްދޫހު (މަންޑޭ) 390 އަހަރަށް ވުރެ ދިގު މުއްދަތަކަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމް ކުރީ 31 ޑިސެމްބަރުގަ އެވެ. އަަހަރުގެ ފަހު ދުވަހު ކުރި މި ހުކުމަކީ އެންމެ
21. އަހަރުގެ އެންމެ ފަހު ގަޑީގައި މީޑީއާތަކަށް ގްރާންޓް ދޫކުރުން
މީޑިއާ ގްރާންޓަށް ކުރިމަތިލައިގެން ޝަރުތު ހަމަވި 41 މީޑިއާ އެކެވެ. އޭގެ ތެރެއިން ފައިސާ ދޫކުރަން ނިންމި 39 މީޑިއާގެ ތެރެއިން 1،081،074.53 މިލިއަން ރުފިޔާއާއެކު އެންމެ ގިނައިން ފައިސާ ލިބެނީ ސަންގު އޮންލައިނަށެވެ.
22. ޓޫ އޮފް އަޒް ބޭންޑަށް ލިބުނު ކާމިޔާބީ
އިންޑިއާގެ މުމްބާއީ ގައި ބޭއްވި މިއުޒިކް މުބާރާތެއްގައި ރާއްޖޭގެ ޓޫ އޮފް އަޒް ބޭންޑު ވަނީ 3 މަގާމެއް ހޯދާފައި އެވެ. އެއާއެކު މި ބޭންޑުގެ މަޝްހޫރުކަން ވަނީ އިތުރުވެފަ އެވެ.
23. މުހިއްމު ޝަހުސިއްޔަތުތައް ވަކިވުން
މިދިޔަ އަހަރުގެ ތެރޭގައި ރާއްޖޭގެ މުހިއްމު ޝަހުސިއްޔަތުތަކެއް ވަނީ އަޅުގަނޑުމެންނާ ވަކިވެފަ އެވެ. އޭގެ ތެރޭގައި މަޝްހޫރު ލަވަކިޔުންތެރިޔާ މުހައްމަދު މާޖިދު (މެޒޯ މޯޑު)، މަޝްހޫރު ޑައިރެކްޓަރު އަބްދުލް ފައްތާހުގެ އަދި ޝޭހް އިބްރާހިމް ފަރީދުގެ އިތުރުން ފަތުރުވެރިކަމުގެ އެއް ބާނީ ކަމަށްވާ މުހައްމަދު އުމަރު މަނިކު (އެމްޔޫ މަނިކު) ވަނީ ދުނިޔެ ދޫކޮށްފަ އެވެ.
24. އިންޑިއާގެ ބޮޑު ވަޒީރު މޯދީ ރާއްޖެ ވަޑައިގަތުން
ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮތް ހާރިޖީ ގުޅުމަށް 60 އަހަރު ފުރުމާ ދިމާކޮށް ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވި ހާއްސަ ދައުވަތަކަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މިދިޔަ 26 ޖުލައިގައި ރާއްޖެ ވަޑައިގެންނެވި އެވެ. އެ ދަތުރުފުޅުގައި މޯދީ ރާއްޖެ ވަޑައިގެންނެވިއރު މި ސަރުކާރުގެ ކުރީކޮޅު އިންޑިއާ ދެމެދު އޮންނަ ގުޅުން ވަރަށް ބޮޑަށް ގޯސްވި އެވެ.
25. ރައީސް މުއިއްޒުގެ ރެކޯޑު ބްރޭކިން ޕްރެސް ކޮންފެރެންސް
އަހަރަކަށް ވުރެ ގިނަ ދުވަސް ފަހުން ރައީސް މުއިއްޒު ނޫސްވެރިންނާ ބައްދަލުކުރެއްވީ މިދިޔަ 1 މެއިގަ އެވެ. ބައިނަލްއަގުވާމީ ނޫސްވެރިންގެ ދުވަހު، ދިވެހި ނޫސްވެރިންގެ މުޅި ދުވަހު ހާއްސަކުރަން ޖެހުނީ މި ޕްރެސް ކޮންފެރެންސަށެވެ. ގާތްގަނޑަށް 19 ގަޑިއިރަށް ދެމިގެން ދިޔަ މި ޕްރެސް ކޮންފެރެންސަކީ މުޅި ދުނިޔޭގައި ވެސް ދައުލަތުގެ ވެރިޔަކު ދެއްވި އެންމެ ދިގު ޕްރެސް ކޮންފެރެންސެވެ.
0%
0%
0%
0%
0%
1 ދުވަސް ކުރި
0
2 ދުވަސް ކުރި
0
3 ދުވަސް ކުރި
0
18 ޑިސެންބަރު 2025
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
2 އެޕްރީލު 2025
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
8 އެޕްރީލު 2025
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
24 މާރިޗު 2025
2
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
8 އެޕްރީލު 2025
0