1438ގެ މެޝަޕް 2: ރާއްޖޭގެ އެންމެ އަވަސް މިލިއަން ވިއުސްއާ ދިމާލަށް

1438 ge Mashup 2: Raajjeyge Enme avas million views aa dhimaalah

ރާއްޖޭގެ ގިނަ ބައެއްގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދަމުން އަންނަ ބޮޑުބެރު ގްރޫޕް،  1438ގެ "މެޝަޕް 2" ލަވަ ރާއްޖޭގައި އެންމެ އަވަހަށް މިލިއަން ވިއު އަކާއި ގާތްކޮށްފިއެވެ. 

މިދިޔަ ޖެނުއަރީ މަހު 1438 ގްރޫޕުން ދޫކޮށްލި "މެޝަޕް2" އަކީ ހުނަރުވެރި ނުވަ ލަވަކިޔުންތެރިންތަކަކާއެކު ނެރުނު ލަވައެކެވެ.

"މޯލްޑިވިއަން އައިޑަލްއިން މީހުންގެ ތަރުހީބާއި ލޯބި ހޯދި އެ މުބާރާތުން ދެވަނައަށް ދިޔަ މަޝްހޫރު ރީތި އަޑުގެ ވެރިޔާ ޝަލަބީގެ ލަވައިން މި މެޝަޕް ފެށިގެން ދިޔައިރު، ހަމަ މޯލްޑިވިއަން އައިޑަލުން ފެނިގެން ދިޔަ ހުނަވެރި ލަވަކިޔުންތެރިޔާ ހިޝާން އާއި ހަމްދާންވެސް މި ލަވައިން ފެނިގެން ދިޔައެވެ. މީގެ އިތުރުން ބޮޑުބެރު ލަވަތަކުންނާއި އެހަނދާނުގާއިން ފެނިގެންދިޔަ ހުނަވެރި ރީތި އަޑުގެ ވެރިޔާ މުސްފަހުގެ އަޑުވެސް މި ލަވައިން އިވިގެންދިޔައެވެ. ދެން މި ލަވައިން ފެނިގެން ދިޔަ ލަވަކިޔުންތެރިންނަކީވެސް ބޮޑުބެރުގެ ލަވަތަކުންނާއި 1438ގައި އެކި ގޮތްގޮތުން މީހުންނަށް ފެނި މަޝްހޫރުކަން ހޯދާފައި ތިބި މީހުންނެވެ.

ލަވަ ފުރަތަމަ އާންމުކުރީ ސައުންޑްކްލައުޑްގައެވެ. އެއަށްފަހު ލަވަ ދޫކޮށްލީ ޔޫޓިއުބްގެ ޕްލެޓްފޯމަށެވެ. މި ލަވަ ބެލުންތެރިންނާއި ހިސާބަށް ދޫކޮށްލިތާ ކުޑަކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ހީވެސް ނުކުރާވަރުގެ ތަރުހީބެއް ލަވައަށް ލިބިގެންދިޔައެވެ. 

ސޯސަލް މީޑިއާގެ އެކިއެކި ޕްލެޓްފޯމްތަކުގައި ލަވައިގެ ތަންތަންކޮޅު މީހުން ލާ، ޓިކްޓޮކް ޕްލެޓްފޯމްގައި މީހުން ލަވަ ދިޔައީ ރީކްރިއޭޓް ކުރަމުންނެވެ. ސައުވީސްގަޑިއިރު ލަވައަށް ވެގެންދިޔައިރު މި ލަވައިގެ ވާހަކަ ނޫން ވާހަކައެއް ނުދެކެވުނެވެ. އެންމެންގެ ހިތްތަކުން މި ލަވައިންވަނީ ވަރަށް ފުރިހަމައަށް ޖާގަ ހޯދައިފިއެވެ. 

"ކުރިއަށް" މީޑިއާއިން 1438 އަށް ލަވައިގެ ކާމިޔާބީ ފެނި އިހުސާސްތައް ހުރިގޮތާއިމެދު ސުވާލުކުރުމުން ބުނެފައިވަނީ ކުޑަ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މި ލިބުނު ކާމިޔާބީގައި ވަރަށް ބޮޑަށް އުފާކުރާ ކަމަށެވެ. އަދި ލަވައިގެ މަސައްކަތް ކުރިއަށް ދިޔަ ގޮތާއި ބެހޭގޮތުން ސުވާލު ކުރުމުން ބުނެފައިވަނީ ލަވައިގެ ގިނަ މަސައްކަތްތައް ކޮށްފައި ހުންނާނީ 1438 ގްރޫޕްގެ މެންބަރުން ކަމަށެވެ. އަދި ލަވަ ކިޔާފައިވެސް ތިބި ގިނަ ލަވަކިޔުންތެރިންނަކީ 1438ގައި އުޅޭ މެންބަރުން ކަމަށެވެ.

މި ލަވައިގަ މައިގަނޑު ގޮތެއްގަ ހުރިހާ މަސައްކަތެއް ކޮށްފަ ހުންނާނީ  ހުސް 1438ގެ ކުދިން.. މި ލަވައިގަ ލަވަ ކިޔާފަވެސް އެ އިނީ ސާދައިގެ އަންބްރެއްލާ ތެރޭގަ އުޅޭކުދިން.. 

1438

މީގެ އިތުރުން 1438އިން ބުނެފައިވަނީ ގާތްގަނޑަކަށް ދެމަސްދުވަސް މި ލަވައިގެ މަސައްކަތަށް ހޭދަވިކަމަށެވެ. ލަވައިން ފެނިގެން އެދާ ރީތި މަންޒަރުތައް ބެލުންތެރިންނާއި ހިސާބަށް ގެނެސްދިނުމުގައި ގްރޫޕް ކުދިންގެ ބުރަ މަސައްކަތް ފާހަގަކުރިއެވެ. އަދި އެ މަންޒަރުތައް ނެގުމަށް މަގުފަހިވެގެން ދިޔައީ އެޗްޑީސީގެ އެހީތެރިކަމާއިއެކު ކަމަށްވެސް 1438 އިން ބުންޏެވެ.

މީގެ އިތުރުން ލަވައިގެ މިއުޒިކު ހެދި ހުމާމް އަދި ތުއްތުއަށް ވަރަށް ބޮޑަށް ޝުކުރުއަދާކޮށްފައިވެއެވެ. އަދި މަންޒަރުތައް ކެމެރާކުރި ކެމަރާމަން ޝާހުއަށްވެސް ވަރަށް ހާއްސަ ޝުކުރެއް އަދާކޮށްފައިވެއެވެ.

"ލަވައިގެ ރެކޯޑިންގައި އުޅެފައި ހުންނާނީ ހުމާމް، ތުއްތު، ދެން ޝާހު. އެއީ ލަވައިގެ ރެކޯޑިން ހެދި މީހުންނަކީ. ދެން ވީޑިއޯ ހެދީ ޝާހު" 

1438

ކުރިއަށް 1438ގެ ރީތި ލަވައެއް އަނެއްކާވެސް ވަރަށް އަވަހަށް ފެނިގެންދާނެކަމުގެ އުފާވެރި ހަބަރުވެސް "ކުރިއަށް" މީޑިއާ އާއި 1438 އިން ހިއްސާކޮށްފައިވެއެވެ. އަދި މިހާރު ލަވައިގެ ރެކޯޑިން މުޅިންހެން ނިމި މިހާރު ކުރެވެމުންދަނީ ލަވައިގެ މަންޒަރުތަކުގެ މަސައްކަތްކަމަށް 1438އިން ހިއްސާކުރިއެވެ. މި ފަހަރު ނެރެން އުޅެނީ "މެޝަޕް 2"ގައި ހިމެނޭ އިކޫގެ "ޔާރާ ޔާރާ" ލަވައެވެ.

"ދެން އެންމެ އަވަހަށް ފެންނާނީ ތި މެޝަޕްގަ އިން ޔާރާ ޔާރާ ލަވަ. އެ އަށް ފުދޭ ވަރެއްގެ ބޮޑު ތަރުހީބެއް ލިބިފައި އިނީމަ ވަރަށް ގިނަ ފޭނުންގެ ރިކުއެސްޓަށް އެ ލަވަ ވަރަށް އަވަހަށް ނެރޭނެ. އެ ލަވައިގެ އޯޑިއޯ މިހާރު އިނީ ނިމިފައި. ދެން ވީޑިއޯގެ މަސައްކަތް ނިންމާފައި ވަރަށް އަވަހަށް އިއުލާނުކުރާނެ ރިލީސްކުރާ ދުވަހެއް"

1438

 

ސާދަ ތިރީސް އަށަކުން މީގެ ކުރިން ނެރުނު މެޝަޕަކީވެސް ބެލުންތެރިންނަށް ވަރަށް ރީތިވި ލަވައެކެވެ. ލޯބީގެ ރީތި ލަވަތަކެއް އެ ފަހަރުގެ މެޝަޕްގައިވެސް ހިމެނިގެންދިޔައެވެ. އަދި އެފަހަރުގެ މެޝަޕް ނެރުނީ ލޯބިވެރިންގެ ދުވަހު ލޯބިވެރިންނަށް ހާއްސަކޮށްގެންނެވެ.  

ލިޔުން ޙިއްސާ ކުރައްވާ

0 ކޮމެންޓްސް, 0 ރިއެކްޝަންސް

Haha
Haha

0%

Love
Love

0%

Sad
Sad

0%

Like
Like

0%

Dislike
Dislike

0%

މަގުބޫލް ލިޔުންތައް

Neyvaa nulevigen aadheyskurumunves oxygen gulhainudhin, furaana ah nurakkave ventilatorah!

ނޭވާ ނުލެވިގެން އާދޭސްކުރުމުންވެސް އޮކްސިޖެން ގުޅައިނުދިން، ފުރާނައަށް ނުރައްކާވެ ވެއްޓިލޭޓަރަށް!

0

BREAKING: Rasdhoo gai kotari eh roave 2 meehaku fihijje

ރަސްދޫގައި ކޮޓަރިއެެއް ރޯވެ ދެ މީހަކު ފިހެއްޖެ

2

Rasdhoogai fihunu firihen meehaa faruvaa ah India ah, haalathu annnanee rangalhuvamun

ރަސްދޫގައި ފިހުނު ފިރިހެން މީހާ ފަރުވާއަށް އިންޑިއާއަށް، ހާލަތު އަންނަނީ ރަނގަޅުވަމުން!

0

SR ge Bey; Amillavantha Music ge Baanee Akah

އެސްއާރުގެ ބޭ؛ އަމިއްލަވަންތަ މިއުޒިކްގެ ބާނީއަކަށް

0