މިއަދު ކުރިއަށްދިޔަ އިންތިޚާބުގައި ސަރުކާރު ބޮޑު ތަފާތަކުން ބަލިކޮށް، އެމްޑީޕީން ބޮޑު ކާމިޔާބީއެއް ހޯދާފައިވާކަން ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެޖެއެވެ. ރައީސް ނަޝީދު ވިދާޅުވީ މި އިންތިޚާބުގެ ނަތީޖާއިން ފެންނަނީ ރައްޔިތުން ސަރުކާރަށް ނޫނެކޭ ބުނި މަންޒަރެއެވެ.
މި އިންތިޚާބުގެ ނަތީޖާއަށް އަލިއަޅުއްވާލައްވަމުން ރައީސް ނަޝީދު ފާހަގަކުރެއްވި ގޮތުގައި، ރާއްޖޭގެ ހުރިހާ ސިޓީތަކަކާއި، ގިނަ ރަށްތަކެއްގެ އަޣުލަބިއްޔަތު އެމްޑީޕީން ވަނީ ކާމިޔާބުކޮށްފައެވެ. އަދި ނެގުނު ފެންނަ ނުފެންނަ ވޯޓުގައިވެސް ރައްޔިތުން ބޮޑު ތަފާތަކުން ސަރުކާރާ ދެކޮޅަށް ވޯޓު ދީފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސް ނަޝީދު ވަނީ މި އިންތިޚާބުގައި ވޯޓު ދެއްވި ހުރިހާ ރައްޔިތުންނަށާއި، އިންތިޚާބުގައި ވާދަކުރެއްވި ހުރިހާ ކެންޑިޑޭޓުންނަށް ވަރަށް ބޮޑަށް މަރުހަބާ ދަންނަވާފައެވެ. "މިއަދު ނެގި ވޯޓުގައި އެމްޑީޕީ މިވަނީ ވަރަށް ބޮޑުތަނުން ސަރުކާރު ބަލިކޮށް ކާމިޔާބު ހޯދާފައި. ހުރިހާ ސިޓީއެއް، ގިނަ ރަށްތަކެއް، އަދި ފެންނަ ނުފެންނަ ވޯޓުގައި ބޮޑުތަނުން ސަރުކާރަށް ނޫނެކޭ ބުނެފި،" ރައީސް ނަޝީދު ވިދާޅުވިއެވެ.
މި ކާމިޔާބީއަކީ އެމްޑީޕީގެ ސިޔާސީ ހަރަކާތްތަކަށް ލިބުނު ބޮޑު ކުރިއެރުމެއްގެ ގޮތުގައި ސިޔާސީ މަސްރަހު ދިރާސާކުރާ ފަރާތްތަކުން ދެކެއެވެ. އިންތިޚާބުގެ ރަސްމީ ނަތީޖާތައް އިއުލާނު ކުރަމުންދާއިރު، ގިނަ ދާއިރާތަކަކުން އެމްޑީޕީގެ ކެންޑިޑޭޓުން އުޅެނީ ކުރީގައެވެ.
0%
0%
0%
0%
0%
20 މާރިޗު 2025
0
20 މާރިޗު 2025
0
19 މާރިޗު 2025
0
19 މާރިޗު 2025
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
2 އެޕްރީލު 2025

8 އެޕްރީލު 2025

24 މާރިޗު 2025
2

18 ޖަނަވަރީ 2026
2